Veyvashu School Media Club

Veyvashu School Media Club

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Veyvashu School Media Club, School, Orchid Magu, Male.

20/05/2026

ފެބުރުއަރީ / މާރޗް 2026 ގެ SSC އަދި IGCSE އިމްތިހާނުން 5 މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވި އަޅުގަނޑުމެންގެ ހީވާގި ދަރިވަރުންނަށް ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ކިޔަމެވެ! ތިޔަ ދެއްކެވީ ބުރަ މަސައްކަތާއި ނުގުޑާފަދަ ޢަޒުމެއްގެ ފުރިހަމަ ނަތީޖާއެވެ.

މި ފަޚުރުވެރި ކާމިޔާބީގެ ފަހަތުގައި ތިއްބެވި ލޮބުވެތި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ދަރިވަރުންގެ ކުރިމަގު އިތުރަށް އުޖާލާ ކުރައްވާށި! 👏👏👏👏

Warmest congratulations to our wonderful students who passed 5 or more subjects in the February / March 2026 SSC & IGCSE O-Level examinations! Your hard work, resilience, and dedication have truly brought this proud moment to life.

We express our deepest gratitude to our exceptional teachers and supportive parents for being the backbone of this historic success. Wishing you all endless brilliance and success in your journey ahead!

Ministry of Education, Higher Education and Skills DevelopmentSecretariat Of Veyvashu Council

19/05/2026

2025 ވަނައަހަރު އެސް،އެސް،ސީ އާއި އައި،ޖީ،ސީ،އީ އޯލެވެލް އިމްތިހާނުން ގަދަ 10 ން 8 ވަނަގައި ހިމެނިފައިވާ މި ސުކޫލުގެ ދަރިވަރު ޢާއިޝަތު ޔަޝާ މުޙައްމަދަށް މި ސުކޫލުގެ ފަރާތުން ވަރަށްހޫނު މަރުހަބާއެއްކިޔަމެވެ.
Ministry of Education, Higher Education and Skills DevelopmentSecretariat Of Veyvashu Council

19/05/2026

2025 ވަނައަހަރު އެސް،އެސް،ސީ އާއި އައި،ޖީ،ސީ،އީ އޯލެވެލް އިމްތިހާނުން ގަދަ 10 ން 10 ވަނަގައި ހިމެނިފައިވާ މި ސުކޫލުގެ ދަރިވަރު މުޙައްމަދު ޚާޝިޢު ނިޔާޒަށް މި ސުކޫލުގެ ފަރާތުން ވަރަށްހޫނު މަރުހަބާއެއްކިޔަމެވެ.
Ministry of Education, Higher Education and Skills DevelopmentSecretariat Of Veyvashu Council

19/05/2026

ވޭވަށު ސުކޫލުގެ ފުރަތަމަ އޯލެވެލް ބެޗަށް ހޫނު މަރުޙަބާއެއް! 🌟🎓
ވަރުބަލިކަމެއްނެތި އުނގެނުމަށް ކުރިބުރަ މަސައްކަތާއި، ނުގުޑާ ޢަޒުމާއެކު، މާރޗް 2026 ގައި ބޭއްވުނު އޯލެވެލް އިމްތިހާނުގައި ބައިވެރިވެ، ވޭވަށު ސުކޫލަށާއިމުޅިރަށަށް ރީތިނަން ހޯދައިދިން އަޅުގަނޑުމެންގެ ގުރޭޑް 10 ގެ ދަރިވަރުންނަށް ހިތުގެ އެންމެ ފުންމިނުން މަރުޙަބާއާއި މުބާރަކްބާދީ ރައްދުކުރަމެވެ!
މިއީ އަޅުގަނޑުމެންގެ ސުކޫލުގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ، އަދި މުޅި ރަށަށް ލިބުނު ނުހަނު ބޮޑު އުފަލެކެވެ. ދަރިވަރުން ހޯދި މި ފާހަގަކޮށްލެވޭ ކާމިޔާބީގެ ފަހަތުގައިވާ މުދައްރިސުންގެ ނުގުޑާފަދަ ހިތްވަރަށާއި، ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ކައުންސިލުންވެދިން އެހީތެރިކަން ފާހަގަކޮށް ނުހަނު އިޚްލާޞްތެރިކަމާއެކު އެންމެހާފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.
ތިޔަ ހީވާގި ދަރިވަރުންގެ ކުރިމަގު އިތުރަށް އުޖާލާވެ، މުސްތަޤްބަލުގައިވެސް މިއަށްވުރެ ބޮޑެތި ކާމިޔާބީތައް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. ތިޔައީ އަޅުގަނޑުމެންގެ ފަޚުރެކެވެ! 🇲🇻✨
Ministry of Education, Higher Education and Skills DevelopmentSecretariat Of Veyvashu Council

Photos from Veyvashu School Media Club's post 13/05/2026

ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ހުރިހާކުދިންނަށްކިޔަން!
ދުވަހުގެ ޚާއްޞަ އެސެމްބްލީ 10 މެއި 2026

Photos from Veyvashu School Media Club's post 10/05/2026

ކުޑަކުދިންގެ ދުވަހާ ގުޅެގެން ބޭއްވި ބީޗް ގެ ހަރަކާތްތައް!

Photos from Veyvashu School Media Club's post 28/04/2026

ކާމިޔާބު ކަމާއެކު ކުޅިވަރި ހަފްތާ ނިންމާލުން 2026
Ministry of Education, Higher Education and Skills Development Secretariat Of Veyvashu Council

Photos from Veyvashu School Media Club's post 26/04/2026

VEYVASHU SCHOOL SPORTS WEEK 2026

Photos from Veyvashu School Media Club's post 08/04/2026

މިއީ ހަނދާނުން ފޮހެލަން ދަތި އުފާވެރި ވަގުތުކޮޅެކެވެ. ވޭވަށު ސުކޫލުގައި ހޭދަކުރި ފޮނި ދުވަސްތަކަށް ނިމުން އައި ކަމުގައި ވިޔަސް، މިއީ އާ ފެށުމެއްގެ ފެށުމެވެ.
ވޭވަށު ސުކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންގެ ވަދާއީ ހަފްލާ! 🎓 އަލްވިދާޢު ކިޔަނީ ހިތްހަމަޖެހުމާއެކު، ކުރިމަގަށް އޮތް ފޮނި އުންމީދުތަކާއެކު. މަރުހަބާ ހުރިހާ ގްރެޖުއޭޓުންނަށް! 👏

Class of 2025: Mission Accomplished! ✨
Capturing the best moments from the Veyvah School Grade 10 Graduation and Farewell. Onwards and upwards to the next big adventure! 🙌

Secretariat Of Veyvashu Council
Ministry of Education - Republic of Maldives
Photo Credit 📸 AHULEYmv

27/01/2026

ވޭވަށު ސްކޫލުގެ 'ގޯލްޑަން 10' – ކާމިޔާބީއަށް އެދެން! 🌟📚
ވޭވަށު ސްކޫލުން އަލަށް އޯލެވެލް ހަދާ ތާރީޚީ ބެޗްގެ 10 ދަރިވަރުންނަށް މަރުޙަބާ އާއި ހެޔޮއެދުންތައް ފޮނުވަން. ތިޔައީ އަޅުގަނޑުމެންގެ އުއްމީދު. ތިޔައީ މާދަމާގެ ލީޑަރުން.
ހިތްވަރާއެކު ކުރިއަށްދޭ! ކާމިޔާބުވާނެ އިންޝާﷲ. 🤲❤️
Ministry of Education - Republic of Maldives Secretariat Of Veyvashu Council

Want your school to be the top-listed School/college in Male?

Click here to claim your Sponsored Listing.

Location

Category

Website

Address


Orchid Magu
Male
11030