Ustaz Iyaz Naseem

Ustaz Iyaz Naseem

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ustaz Iyaz Naseem, Tutor/Teacher, H. Two Flower, Male.

25/10/2024

tharujamaa koh nimenee! varah avahah kiyunathereennaa hamayah genesdheveyne kamah ummeedhu kuran!

23/10/2024

ދިވެހި ގައުމުގެ ސަލާމަތާއި ދެމިއޮތުމަށް ޓަކައި ...
އިޔާޒު ނަސީމް
ގައުމަކީ މާދަރީ ބަހެއްގެ ގޮތުގައި އެއް ބަހަކުން ވާހަކަ ދައްކާ ބަސްދާރުންގެ ޖަމާޢަތެކެވެ. ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި، އެއް ވެރިކަމެއްގެ ދަށުގައި އުޅުމުން، އެއް ރާއްޖެއެއްގެ ބަޔަކަށް ވެދާނެއެވެ. މިއަދު ދިވެހީންގެ ތެރޭގައި ރާއްޖޭގެ މާނައިގައި ވެސް "ގައުމު" މި ލަފްޒު ބޭނުންކޮށް އުޅެއެވެ. އެހެންނަމަވެސް މާދަރީ ބަހެއްގެ ގޮތުގައި ވާހަކަ ދައްކާ ބަސް ތަފާތިއްޔާ، ހަގީގަތުގައި އެއީ، އެއް ގައުމިއްޔަތެއް ހިއްސާ ކުރާ ބައެއް ނޫނެވެ.
އެ ގައުމެއްގެ މާދަރީ ބަހަށް އަހުލުވެރިވި ވަރަކަށް ގައުމީ ލޯބި އިތުރުވާކަމަށް ގައުމިއްޔަތާ ބެހޭ ގޮތުން ދިރާސާކުރާ ދާރިސުން ބުނެއެވެ. މާދަރީ ބަހެއްގެ ގޮތުގައި އެއް ބަހަކުން ވާހަކަ ދެއްކުމުން އުފެދޭ އެއްބައެއްވަންތަކަމުގެ އިހުސާސަކީ ލޭގެ ގުޅުންފަދަ އިހުސާސެކެވެ.
އަވަށްޓެރި އިންޑިޔާގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހަމަނުޖެހުމާއި ތަޅައިފޮޅުމުގެ ހާދިސާތައް ހިނގާ ވާހަކަ އަޅުގަނޑުމެންނަށް ޚަބަރުތަކުން ފެނެއެވެ. މިއީ ދެ ދީނެއްގެ މީހުންގެ މެދުގައި އެކަނި ހިނގާ ކަމެއްތޯ ނަޒަރު ހިންގާލާއިރު، ފާހަގަވަނީ މި ހަމަނުޖެހުންތައް ގުޖުރާތުގައި ހިނގިޔަސް، ކެރެލާއާއި ޓެމިލްނާޑޫ ފަދަ ސްޓޭޓުތަކުގައި ނުހިނގާ ކަމެވެ. ކީއްވެގެންތޯއެވެ؟ ހިންދޫންނާއި މުސްލިމުންގެ ދީނީ ތަޅައިފޮޅުމެއް ނަމަ، ކޮންމެ ސްޓޭޓަކަށް ނިސްބަތް ވިޔަސް، ހަމަނުޖެހުންތައް ހިނގާނެތާއެވެ.
ކެރެލާގައި ހިންދޫންނަކީ ވެސް އަދި މުސްލިމުންނަކީ ވެސް މާދަރީ ބަހެއްގެ ގޮތުގައި މަލަޔާޅަމް ބަހުން ވާހަކަ ދައްކާ މަލަޔާޅީންނެވެ. ޓެމިލްނާޑޫގައި ހިންދޫންނަކީ ވެސް އަދި މުސްލިމުންނަކީ ވެސް މާދަރީ ބަހެއްގެ ގޮތުގައި ތަމަޅަ ބަހުން ވާހަކަ ދައްކާ ތަމަޅައިންނެވެ. މިޔާ ޚިލާފަށް ގުޖުރާތުގައި މުސްލިމުންގެ މާދަރީ ބަހަކީ އުރުދޫ ބަހެވެ. ހިންދޫންގެ މާދަރީ ބަހަކީ ގުޖުރާތީ ބަހެވެ.މީގެ ސަބަބުން ވަކި ދެ ނަސްލެއްގެ ގޮތުގައި ދެކެވެނީއެވެ. އެހެންކަމުން ގުޖުރާތުގެ ހިންދޫން ދެކޭ ގޮތުގައި ގުޖުރާތުގެ ހިންދޫންނަކީ ގުޖުރާތީންނެވެ. ގުޖުރާތުގެ މުސްލިމުންނަކީ ގުޖުރާތީން ކަމަކަށް ގުޖުރާތުގެ ހިންދޫން ނުބަލައެވެ. ނަސްލު ކަނޑައަޅާ މައި ފާހަގައަކީ މާދަރީ ބަހެވެ.
ޕާކިސްތާނުން ވަކިވެ ބަންގްލާދޭޝް އުފެދުނީ ވެސް މާދަރީ ބަހުގެ ސަބަބުންނެވެ. ބަންގާޅު މީހުންގެ މާދަރީ ބަހަށް އުރުދޫ ބަހާ އެއްވަރުގެ އިމްތިޔާޒުތައް ޕާކިސްތާނުގެ ސަރުކާރުން ނުދިނުމުގެ ސަބަބުންނެވެ. ލަންކާގައި އަހުލީ ހަނގުރާމަ ފެށުނު މައިގަނޑު ސަބަބަކީ ވެސް ސިންގަޅަ ބަހަށް ވުރެ ތަމަޅަ ބަސް ދަށްކުރުމުގެ ސިޔާސަތެއް ލަންކާގެ އޭރުގެ ސަރުކާރުން ގެންގުޅުމުގެ ސަބަބުންނެވެ.
މުސްލިމު ޕާކިސްތާނުން ވަކިވެ، އިންޑިޔާގެ ޕަންޖާބު ސްޓޭޓާއި ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސު އެއްކޮށްލައިގެން، ސިކުންގެ ދީނުގެ ޕަންޖާބީންނާ ގުޅިގެން، މިނިވަން މުސްތަގިއްލު ވަކި ޕަންޖާބީ ދައުލަތެއް އުފެއްދުމުގެ ވިސްނުން ޕާކިސްތާނުގެ މުސްލިމު ޕަންޖާބީންގެ ތެރޭގައި ދޭތެރެދޭތެއިން ގަދަވަނީ ވެސް މާދަރީ ބަހުގެ ސަބަބުން އުފައްދާ އެއްބައެއްވަންތަކަމުގެ އިހުސާސުގެ ސަބަބުންނެވެ.
އިޘްނާ ޢަޝަރީ ޝީޢީ ދައުލަތެއް ކަމުގައިވާ އަޒަރުބައިޖާނާއި ކްރިސްޓިޔަން ދައުލަތެއް ކަމުގައިވާ އަރްމީނިޔާއާ ދެމެދު ކުރެވޭ ހަނގުރާމައިގައި، އިޘްނާ ޢަޝަރީ ޝީޢީ އަވަށްޓެރިޔާ އީރާނުން، މަޒުހަބީ އަޚުން ކަމުގައިވާ އަޒަރުބައިޖާނަށް ވާގިވެރިވުމުގެ ބަދަލުގައި ދީނާއި ނަސްލުގެ ގޮތުން ވެސް ތަފާތު އަރްމީނިޔާއަށް ވާގިވެރިވާ މައިގަނޑު ސަބަބަކީ ވެސް މާދަރީ ބަސް ތަފާތު ވުމެވެ. އީރާނީންގެ ގައުމީ މާދަރީ ބަހަކީ ފާރިސީ ބަހެވެ. އީރާނުގެ އުތުރުން، އަޒަރުބައިޖާނުގެ އިމާ ގާތުގައި ހުރި އީރާނުގެ ޕްރޮވިންސުތަކަކީ އަޒަރުބައިޖާނެކޭ އެއްފަދައިން އަޒޭރީ ބަހުން ވާހަކަ ދައްކާ ޕްރޮވިންސުތަކަކަށް ވާތީ، ވަރުގަދަ އަޒަރުބައިޖާނެއް އުފެދިއްޖެނަމަ މި ޕްރޮވިންސުތަކުގެ އަޒޭރީ ބަހުން ވާހަކަ ދައްކާ މީހުން ނުވަތަ އީރާނުގެ އަޒޭރީން، އީރާނުން ވަކިވެގަނެ އަޒަރުބައިޖާނާ ގުޅިދާނެތީ، އީރާނީ ދައުލަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީއެވެ. އަނެއްކޮޅުން ސުންނީ މުސްލިމު ތުރުކީން، އިޘްނާ ޢަޝަރީ ޝީޢީ އަޒަރުބައިޖާނަށް ވާގިވެރިވަނީ މަޒުހަބު ތަފާތަސް، އަޒޭރީ ބަހާއި ތުރުކީ ބަހަކީ އެއް ބަހެއްގެ ދެ ބަހުރުވަ ކަމަށް ވުމުގެ ސަބަބުން، އަޒޭރީންނާއި ތުރުކީންނަކީ ދެ ދައުލަތަކަސް، އެއް ނަސްލެއް ކަމަށް ބަލާތީއެވެ. އަދި އަރްމީނިޔާ މީހުންނަކީ ތުރުކީ ނަސްލުގެ ދުޝްމަނުން ކަމުގައި ވާތީއެވެ.
މި ކަންކަމަށް ވިސްނާއިރު، ދިވެހި ރައްޔިތުކަން އޮންނަ، އެކަމަކު ދިވެހި ބަހުން ވާހަކަ ދައްކާން ނުދަންނަ ދިވެހީން އިތުރުވަމުން ދިއުމަކީ ދިވެހި ގައުމަށް އޮތް ނުރައްކަލެކެވެ. ދިވެހިރާއްޖޭގައި ގިނަ ގައުމީ ފިކުރުތަކެއް އުފެދިގެން ދިއުމުގެ ސަބަބަކަށް ވާނެ ކަމެކެވެ. ދިވެހި ގައުމުގެ ސަލާމަތާއި ދެމި އޮތުމަށް ޓަކައި، މި ހިނދުން މި ހިނދަށް މިކަމާ މެދު ފިޔަވަޅު އަޅާން އެބަ ޖެހެއެވެ.
21 ފެބުރުވަރީ 2024
___________________

Photos from Ustaz Iyaz Naseem's post 07/10/2024

The GOLDLIST method

06/10/2024

7 Tips for Speaking Better in Any Language

1. Learn the sounds of the language.
2. Focus on building your vocabulary.
3. Avoid getting stuck on difficult or complex sentences.
4. Focus on usage patterns rather than strict grammatical rules.
5. Practice thinking in the language.
6. Regularly review and revise what you've learned.
7. Don’t worry about making mistakes—it's part of the process.

17/09/2024

1st repetition: 21 minutes after initial learning
2nd: 1 day after initial learning
3rd: 3 days after initial learning
4th: 7 days after initial learning
5th: 16 days after initial learning
6th: 30 days after initial learning
7th: 60 days after initial learning
8th and beyond: Every 60 days after 7th repetition

This algorithm can be used for learning a wide variety of information, including material presented in visual formats. It’s the most common spaced-repetition system, and it suggests the above intervals.

17/09/2024

This algorithm can be used for learning a wide variety of information, including material presented in visual formats. It’s the most common spaced-repetition system, and it suggests the following intervals:

1st repetition: 21 minutes after initial learning
2nd: 1 day after initial learning
3rd: 3 days after initial learning
4th: 7 days after initial learning
5th: 16 days after initial learning
6th: 30 days after initial learning
7th: 60 days after initial learning
8th and beyond: Every 60 days after 7th repetition

29/08/2024

ބަސް ކިޔަވައި ދެއްވާ އެދުރުންނަށް

27/08/2024

މޮޅު ދިވެހި ލިޔުމެއްގެ ޝަރުޠު ކިޔާއިރު، ހޫކުޒ ތީސީސް ފަދަ ބިދޭސީ ލަފްޒު ބޭނުންކުރުމުން ދަރިވަރުންނަށް އަންނަނީ ވަރަށް ނައްސި ވިސްނުމެކެވެ.

27/08/2024

ނޯޓު:- ނުކިޔަވާ މީހާގެ ވެސް، ކޮންމެ މައުޟޫޢެއްގައި ވެސް އޭނާ ދެކޭ ގޮތް އޮންނާނެއެވެ. އަދި އެއީ އެކަމުގެ އެންމެ ރަނގަޅު ގޮތް ހެން، އޭނާއަށް ހީވެސް ވާނެއެވެ. ވިސްނައި ފިކުރު ކުރުމުގެ ގާބިލުކަން ކޮންމެ މީހަކަށް ލިބިފައި ވިޔަސް، ރަނގަޅު ނިންމުންތައް ނިންމޭނީ އެމީހެއްގެ ކިބައިގައި ކަންކަމުގެ މަޢުލޫމާތު ހުރި މިންވަރަކުންނެވެ.

- ބައެއް ކިޔެވުން ކިޔަވާން ޖެހެނީ ތިމާގެ އުޅުމަށް ގެންނާން ޖެހޭ ބަދަލު ދެނެގަތުމަށެވެ.
- ބައެއް ކިޔެވުން ކިޔަވާން ޖެހެނީ ކަންކަން އޮތް ގޮތާއި ހިނގާ ގޮތް ދެނެގަތުމަށެވެ.
- ބައެއް ކިޔެވުން ކިޔަވާން ޖެހެނީ ކަންކަން ކުރާނެ ގޮތް ދެނެގަތުމަށެވެ.
- ބައެއް ކިޔެވުން ކިޔަވާން ޖެހެނީ ކިޔަވާނެ ގޮތް ދެނެގަތުމަށެވެ.
- ބައެއް ކިޔެވުން ކިޔަވާން ޖެހެނީ ކިޔަވާން ވީ ތަކެތި ދެނެގަތުމަށެވެ.
- ބައެއް ކިޔެވުން ކިޔަވާން ޖެހެނީ ކަންކަމާ މެދު ވިސްނާނެ ގޮތް ދެނެގަތުމަށެވެ.
- ބައެއް ކިޔެވުން ކިޔަވާން ޖެހެނީ ތިމާގެ ހީކުރުންތައް ކަށަވަރަށް ބަދަލު ކުރުމަށެވެ.

Want your school to be the top-listed School/college in Male?

Click here to claim your Sponsored Listing.

Location

Category

Website

Address

H. Two Flower
Male
20053