08/08/2026
#ޕާރސަނަލްބްލޮގް #ކުރީގެއުފާވެރިހަނދާންތައް
#ދަރޭޑިއަންޓްވޭރީޑާސް
#ތާރީހުގެތެރެއިންދިވެހިކުދިންގެއުފާވެރިމާޒީ
1970ގެ އަހަރުތަކުގައި ބޮޑުވި ކުދިންނަށް ، "ދަ ރޭޑިއަންޓް ވޭ ރީޑާސް" އަކީ ހަމައެކަނި ސްކޫލު ފޮތްތަކެއް ނޫނެވެ. އެއީ އަހަރެމެންގެ ކުޑައިރުގެ ވަރަށް ޚާއްޞަ ހަނދާނެކެވެ. އަދި ބެލެނިވެރިންނާއި އެކު ކިޔަން ދަސްކުރުމުގައި މުހިންމު ދައުރެއް އަދާކުރި ފޮތްތަކެކެވެ.
އަދިވެސް އެ ކުލަގަދަ ފޮތްތަކުން އަމިއްލައަށް ބަސްތައް ކިޔަން ކުރި މަސައްކަތުގެ އުފާވެރިކަން ހަނދާންވެއެވެ.
އެ ދުވަސްވަރު، ވަސީލަތްތައް ހުރީ މަދުންނެވެ. އަދި އަހަރެމެންގެ އަތުގައި ޓެބްލެޓް، ސްމާޓްފޯން، ޔޫޓިއުބް ނުވަތަ ޑިޖިޓަލް އުނގެނުމުގެ ޕްލެޓްފޯމްތަކެއް ނެތެވެ. ނަމަވެސް "ދަ ރޭޑިއަންޓް ވޭ" ގެ ސަބަބުން ތަކުރާރުކޮށް ބަސް/ޖުމުލަ ކިޔުމަށް ފުރުސަތު ލިބި، ބަސްކޮށާރު މުއްސަދިވެ، އިނގިރޭސި ކިޔުމަށް ޝައުޤުވެރިވިއެވެ
މިފޮތްތަކަކީ މިހާރުގެ ކުދިންނަށްވެސް ކިޔުމަށް އެހީތެރިވެވިދާނެ ފޮތްސެޓެކެވެ.
ނޯޓް: މިފޮޓޯއަކީ ރާއްޖެތެރޭމީހުން މާލޭގައި “ކުޑަ ސިޓީ” ހެދި ދުވަސްވަރު: އަޅުގަޑުގެ “މާލެއަށް ކިޔަވަން ފޭބުމުގެ ވިސާގަ” ޖެހި ފޮޓޯއެވެ😊.
05/08/2026
#މިިިިމަންމައާބައްޕަގެބަސް
#ވިސްނާލުމަށް #ތައުލީމުގެބިންގާބަލެއްނުވޭ
ރީތި ގެއެއް ބިނާކުރުމަށްވުރެ ދަރިންގެ ތައުލީމު މާމުހިންމެވެ! އިމާރަތްތަކަކީ ގިނަ ދުވަސްވުމުން ބާވެ އަލުން ހަދަންޖެހޭ ނުވަތަ އެ ހަރަދުކުރި އެއްޗެއް އެ އިމާރަތް ތަޅާލުމުން ފެންނަން އޮންނަ އެއްޗެއް ނޫނެވެ. ނަމަވެސް ދަރިން އުނގެނުމަށް ކުރާ ހަރަދު ތަކަކީ ދާއިމަށް އޭގެ ފައިދާ އޭނާއަށާއި ، އާއިލާއަށާއި، މުޖުތަމައަށާއި، ޤައުމަށް ތާ އަބަދު ލިބިލިބި ހުންނާނެ އެއްޗެކެވެ.
ނޯޓް: އާއިލާ ރޫޅުނު ކަމުގައި ވިއަސް ކޮންމެ ބައްޕައަކާއި މަންމައެއް މިކަމާ ވިސްނަން ޖެހެއެވެ. ދަރިން އުނގެނުމަށް ކުރަންޖެހޭ ހަރަދުތަކުގައި މުއްބާރު ނުކުރަމާތޯއެވެ!
#ޒިންމާދާރުކުދިންއުފެއްދުން #އުނގަންނައިދިނުމަށްބާރުއެޅުން #ގެދޮރަށްވުރެތައުލީމުމުހިންމު #ޤައުމުބިނާކުރުމުގައިތައުލީމުގެމުހިންމުކަން
#އަމިއްލަޕާރސަނަލްވާހަކައެއް: އަޅުގަނޑަށް ކިޔަވައި ދިނުމަށް 1977 ގައި ގދ.ތިނަދޫއިން މާލެއަށް މަންމައާއި ބައްޕަ ހިޖުރަކޮށް ރަށުގެ ގޯތިގެދޮރާމުދާ ދޫކޮށްލިއެވެ.
މިކަމާހެދި، ބައްޕަގެ ރަހުމަތްތެރިން އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑު މާލެ ގެނެސް ކިޔަވައިދޭތީ ފާޑުފާޑަށް އޭރު މަލާމާތްކުރިއެވެ.
(އަންހެން ކުދިންނަށް ކިޔަވައިދޭތީއެވެ).މަންމައާއި ބައްޕަގެ މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ. މަންމައާއި ބައްޕައަށް ހެޔޮ ރަހުމަތްލައްވާ ސުވަރުގެ ދާއިމަށް މިންވަރުކުރައްވާށި.އާމީން
30/07/2026
#މާނަހުރިގޮތެއްގައިއުނގެނުން
#އެއްކުއްޖަކުއަނެއްކުއްޖަކަށްކިޔަވައިދިނުން
30/07/2026
#އިމްތިހާނަށްތައްޔާރުވުން
#ފިލާވަޅުތައްދަސްކުރަންފަސޭހަގޮތެއް
#ފިލާވަޅުތައްއަވަހަށްހަނދާނުގައިހަރުލެއްވުން
ބްލާރޓިންގ ޓެކްނިކް (Blurting technique) ބޭނުންކުރުމުން ދަސްކުރަން ބޭނުންވާ މަޢުލޫމާތެއް ސިކުނޑީގައި ހުރި މިންވަރު ދެނެގަނެވެއެވެ. އަދި މިއީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ދަސްކުރާ މަޢުލޫމާތު ގިނަ ދުވަހު ހަނދާނުގައި ބެހެއްޓުމަށާއި، އަވަސް ނަތީޖާއެއް ހޯދުމަށް ބޭނުންކުރެވޭ އުނގެނުމުގެ ކާމިޔާބު އުކުޅެކެވެ.
މި އުކުޅުގެ މައިގަނޑު އަސާސަކީ "އެކްޓިވް ރީކޯލް" (Active Recall) ނުވަތަ ސިކުނޑިއަށް ބާރުދީގެން މަޢުލޫމާތު އަލުން ހަނދާނަށް ގެނައުމެވެ. މިގޮތުން ނޯޓުތަކަށް ބެލުމެއްނެތި، ސިކުނޑީގައި ހުރި މަޢުލޫމާތުތައް ހަނދާންކޮށްގެން އަމިއްލަ ނަފްސު ޓެސްޓުކުރެވެއެވެ. އެހެންކަމުން، ތިމާއަށް އެނގެނީ ކޮން އެއްޗެއްކަމާއި ނޭނގެނީ ކޮން އެއްޗެއްކަން ފަސޭހައިން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ފިލާވަޅުތައް މުތާލިއާކުރުން މާނަހުރި ގޮތެއްގައި ކުރިއަށްގެންދެވޭނެއެވެ.
26/07/2026
ފޮތްކިޔުމަށް ފަސްޖެހޭ ނުވަތަ ފޮތް ކިޔުމަށް ޝައުޤުވެރި ނުވާ ކުއްޖަކަށް އެހީތެރިވި މަންމައެއްގެ އުކުޅުތައް!
#މަންމަގެޓިޕްސް #ކިޔަންދަސްކުރުން
#ދަރިފުޅަށްކިޔަންދަސްކޮށްދިނުން
#ކިޔުންތެރިކަންކުރިއެރުވުން
25/07/2026
ފޮތްކިޔުމަށް ފަސްޖެހޭ ނުވަތަ ފޮތް ކިޔުމަށް ޝައުޤުވެރި ނުވާ ކުއްޖަކަށް އެހީތެރިވި މަންމައެއްގެ އުކުޅުތައް!
#މަންމަގެޓިޕްސް #ކިޔަންދަސްކުރުން
#ދަރިފުޅަށްކިޔަންދަސްކޮށްދިނުން
#ކިޔުންތެރިކަންކުރިއެރުވުން